ވެންޓިލޭޓަރު ހެދި އަޝްހަމް، މިފަހަރު ހެދީ ވިނަކޮށާ މެޝިނެއް

 ށ.ގޮއިދޫއަށް އުފަން 19 އަހަރުގެ އަހުޝަމްއަކީ މީގެ ކުރިންވެސް އެތަށް ބަޔަކު ތައުރީފު އޮހުނު  އީޖާދެއްކަމަށްވާ ވެންޓިލޭޓަރއެއް އުފައްދާފައިވާ ހުނަރުވެރި ކުއްޖެކެވެ. މިއަދު އަނެއްކާވެސް އޭނާ މިވަނީ އިތުރު އީޖާދެއްކޮއްފައެވެ.

ހަފްތާއެއްގެ ތެރޭގައި އުފެއްދި ވެންޓިލޭޓަރއަށްފަހު ވިނަބޯ ދަނޑުތަށް ކޮށާނެ “ލޯން މޯވަރ” އެއް މިވަނީ އުފައްދާފައެވެ. 3 ދުވަހުން ކުރި މި މަސައްކަތަކީ ރަށުގައި މިފަދަ އެއްޗެއް ނެތުމުން ފުޓްބޯޅަދަނޑު ކޮށުމަށްޓަކައި ކައުންސިލުން އެދިލެއްވި އެދިލެއްވުމަކަށް އަހުޝަމްކުރި މަސައްކަތެކެވެ.

މިކްސަރެއްގެ މޯޓަރ މަރާމާތުކޮއްގެން ދެކޮޅަށް ދެ ވަޅިބައިންދާ ވެލްޑިން ކޮއްގެން ހަދާފައިވާ މި މެޝިނުންވަނީ ދަނޑުގެ ވިނަ ކޮށާފައެވެ. އެހެންނަމަވެސް މާއަވަހަށް މެޝިނުގެ ހޫނުގަދަވެ ދިމާވި މައްސަލަތަށް މިހާރު ހައްލުކުރުމުގެ މަސައްކަތް އަހުޝަމް ދަނީ ކުރަމުންނެވެ.

ވިސްނުންތޫނު އަހުޝަމް މިހާރު ކުރާ މަސައްކަތަކީ އެ މެޝިނު އަޕްގްރޭޑް ކުރުމާއި ޓްރަބަލްޝޫޓުކުރުމުގެ މަސައްކަތެވެ. މި މަސައްކަތްނިމޭއިރު ގަޑިއެއްހާއިރު ތެރޭ ބޯޅަދަނޑުގެ ވިނަ އެއްވެސް މައްސަލައެއްނުޖެހި ކޮށާލެވޭނެކަމަށް އަހުޝަމު ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!