އިމްޕޯޓް ޑިއުޓީން 16 މިލިއަން ރުފިޔާ މަޢާފްކޮށްފައިވާކަމަށް ކަސްޓަމްސްއިން ހާމަކޮށްފި

ރަތަމަ 4 މަސްދުވަހު ރާއްޖެއަށް އެތެރެކުރި ބައެއް މުދަލުގެ ޑިއުޓީއަށް އެރި ފައިސާގެ ތެރެއިން، 16 މިލިއަނަށްވުރެ ގިނަ ރުފިޔާ މަޢާފްކޮށްދެއްވާފައިވާކަމަށް ކަސްޓަމްސްއިން ހާމަކޮށްފިއެވެ.

ޑިއުޓީ މަޢާފްކުރި ތަކެތީގެ ތެރޭގައި ޞިއްޙީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވަރއޯލް، ހަޒްމަޓް ސޫޓްސް، ސަރޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެތި ހިމެނެއެވެ. މީގެއިތުރުން ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރެވޭ އަންގިއާއި މާސްކާއި ފޭސް ޝީލްޑް، އަދި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒަރ ފަދަ ބައެއް ބާވަތްތަކުގެ އިމްޕޯޓު ޑިއުޓީވެސް ވަނީ ކަނޑާލާފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ ކޯވިޑް19އާ ގުޅިގެން ރާއްޖެއަށް އެތެރެކުރާ ބައެއް މުދަލުން ނަގާ ޑިއުޓީ މަޢާފްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ނިންމާވާފައިވުމުން، އެފަދަ ބާވަތްތަކުން ކަނޑާލި ޑިއުޓީގެ ޖުމްލަ 16.2 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!