ލޮކްޑައުންއަށް ފަހު ބަޖާޖުގެ ރޯލަށް ގޯރަވް؟

އިންޑިއާގައި އޮތް ލޮކްޑައުންގެ ސަބަބުން ޓީވީ ސިލްސިލާތަކުގެ ޝޫޓިންގ މެދުކެނޑިފައި އޮއްވައި، ސްޓާ ޕްލަސް އިން ގެނެސްދޭ “ކަސޯޓީ ޒިންދަކީ ކޭ” ގައި ބަޖާޖުގެ ރޯލު ކުޅެމުން އައި ކަރަން ސިންގް ގްރޯވާ އެ ރޯލު ދެން ނުކުޅޭނެ ކަމަށް ނިންމުމުން، އެ ރޯލު ދެން ދޭނީ ކޮން އެކްޓަރަކައްތޯ ވަނީ ސުވާލު އުފެދިފައެވެ. އަދި މި ސުވާލުގެ ޖަވާބު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ސާފުވެފައެވެ.

އެގޮތުން، އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ބަޖާޖުގެ ރޯލަށް ގޯރަވް ޗޯޕްރާ ނެގުމަށް އެ ސިލްސިލާ އުފައްދާ ފަރާތްތަކުން އަންނަނީ މިހާރު ވާހަކަ ދައްކަމުންނެވެ. ގޯރަވް އަކީ ވަރަށް ގިނަ ޓީވީ ސިލްސިލާތަކެއްގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އެގޮތުން އެންމެފަހުން ގޯރަވް ފެނިފައިވަނީ ސްޓާޕްލަސްގެ “ސަންޖީވާނީ” އިންނެވެ.

“ކަސޯޓީ” ގެ އެންމެ ނުފޫޒުގަދަ އެއް ރޯލު ކަމަށްވާ ބަޖާޖު، ކަރަން ސިންގް ގްރޯވާ ދައްކުވައިދިން ގޮތް ބެލުންތެރިންނަށް ވަނީ ވަރަށް ކަމުގޮސްފައެވެ. އަދި އޭނާ އެ ޝޯއިން ވަކިވާން އުޅޭކަމަށް އަޑުފެތުރުމުން، ޝޯގެ ފޭނުންނަށް ލިބުނީ ހިތާމައެކެވެ. އެއާއެކު، ކަރަން އެ ޝޯގައި ދެމިހުރުމަށް އެދި ޝޯގެ ޕްރޮޑިއުސަރުން ވެސް ވަނީ އޭނާއާ ވާހަކަ ދައްކާފައެވެ. ނަމަވެސް ކަރަންގެ ނިންމުމަކީ، ކޮރޯނާވައިރަސް ގެ ބިރާ ހެދި މަސައްކަތަށް ނުނިކުތުމެވެ. އެހެންކަމުން، “ކަސޯޓީ” އަށް އާ ބަޖާޖެއް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!