މާސްކާއި ސެނިޓައިޒަރ އަދި ބޭހުގެ ބާވަތްތައް އެތެރެކޮށްގެން ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެއްޖެ

މާސްކާއި ސެނިޓައިޒަރ އަދި ބޭހުގެ ބާވަތްތައް އެތެރެކޮށްގެން ސީ.އައި.އެފްގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ފުރަތަމަ 4 މަސްދުވަހު އެތެރެކުރި މާސްކުގެ ކޮސްޓް، އިންޝުއަރެންސް، ފްރައިޓް ނުވަތަ ސީ.އައި.އެފްގެ ގޮތުގައި 60 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ 4 މަސް ދުވަހާ އަޅާބަލާއިރު 6714 އިންސައްތައިގެ އިތުރުވުމެކެވެ.

އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ޑިސްއިންފެކްޓްކުރަން ބޭނުންކުރާ ތަކެތީގެ ސީ.އައި.އެފްގެ ގޮތުގައި ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި 41 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 252 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ބޭހާއި ފާމަސޫޓިކަލްގެ ސީއައިއެފްގެ ގޮތުގައި 291 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 32 އިންސައްތައިގެ އިތުރުވުމެކެވެ.

އެހެން ބައެއް ބާވަތްތަކަށް ބަލާއިރު، ކާބޯތަކެތީގެ ތެރެއިން ފުރަތަމަ 4 މަސް ދުވަހު ސީއައިއެފްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބާޒާރުގައި އެންމެ އަގުބޮޑުވި ފިޔާއިންނެވެ. ފިޔާގެ ސީއައިއެފްގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 82 އިންސައްތަ އިތުރުވުމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!