ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެ ދުވަސްވީ މީހާ ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި އެންމެ ދުވަސްވީ މީހާ ބަލިން ރަނގަޅުވެ ގެއަށް ދޫކޮށްލައިފިއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އެންމެ ދުވަސްވީ މީހާއަކީ ކުރީގެ މަޝްހޫރު ކުރެހުންތެރިއެއް ކަމަށްވާ ސަރުދާރު ދޮންމަނިކެވެ. އޭނާގެ އުމުރަކީ 92 އަހަރެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.

މިހާރު ނޫހަށް މައުލޫމާތު ދެމުން ސަރުދާރު ދޮންބެގެ ދަރިފުޅު އަަހުމަދު ޝުއައިބް ބުނީ، ކޮވިޑް-19 އަށް ބައްޕަ ޕޮޒިޓިވްވިކަން އެނގުނީ އެހެން ކަމެއްގައި ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުންގެ ލަފާގެ މަތިން ޓެސްޓު ކުރިފަހުން ކަމަށެވެ.

އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިވެގެން ފަރުވާދެމުން ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ސަރުދާރު ދޮންމަނިކު ކޮވިޑް-19 އަށް ފައްްސިވިތާ 19 ދުވަސް ފަހުން ބަލިން ރަނގަޅުވެ ގެއަށް ދޫކޮށްލާފައިވާއިރު، ހޮސްޕިޓަލުން އޭނާއާ މެދު ކަންތައް ކުރި ގޮތުން އާއިލާއިން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ

ސަރުދާރު ބަލިން ރަނގަޅުވިއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. .

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!