ސުޝާންތުގެ މަރުގެ އިލްޒާމް އޮތީ ބޮލީވުޑު ތަރިންގެ ބޮލުގަ، މި ތަރިންގެ ފޮލޯވަރުންވެސް މަދުވެއްޖެ

މިދިޔަ އާދިއްތަ ދުވަހު ދަންޖެހިގެން އަމިއްލައަށް މަރުވި އެކްޓަރު ސުޝާންތު ސިންގު ރާޖުޕުތު މަރުވީ ބޮލީވުޑުން އޭނާއާ މެދު އަމަލު ކުރި އިހާނެތި ގޮތުން ކަމަށްބުނެ، އެ މަރުގެ އިލްޒާމު ބައެއް ތަރިންގެ ބޮލުގައި އެޅިއްޖެއެވެ.

އެގޮތުން، ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު، ބަތަލާ އާލިއާ ބަޓު އަދި އެކްޓަރު ސަލްމާން ޚާންމެން ފަދަ ފުންނާބު އުސް ތަރިންނަށް އިންސްޓަގްރާމުން ފޮލޯކުރާ މީހުންގެ އަދަދުވެސް މިވަނީ ފާހަގަކޮށްލެވޭ އަދަދަކަށް ދަށްވެފައި ކަމަށް ‘ޕިންކްވިލާ’ އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ. އޭގެ ބަދަލުގައި، ބަތަލާ ކަންގަނާ ރަނައުތު އަށް ފޮލޯކުރާ މީހުންގެ އަދަދު މިވަނީ އެންމެ ތިން ދުވަސް ތެރޭގައި 1.47 މިލިއަނުން އިތުރުވެފައެވެ. ހަމައެހެންމެ، ސުޝާންތާއެކު މަސައްކަތް ކޮށްފައިވާ ބަތަލާއިން ކަމަށްވާ ކްރިތީ ސެނޮން، ޝްރައްދާ ކަޕޫރު އަދި ރިއާ ޗަކްރަބޮތީ ގެ ފޮލޯވަރުންވެސް ވަނީ އިތުރުވެފައެވެ. ސަބަބަކީ އެ ތަރިން ސުޝާންތުގެ ޖަނާޒާގައި ބައިވެރިވުމުން ކަމަށް ‘ޕިންކްވިލާ’ އިން ލަފާކުރެއެވެ.

ސުޝާންތުގެ ފޭނުން ޤަބޫލުކުރާ ގޮތުގައި، ކަރަން ޖޯހަރުމެން ފަދަ ނުފޫޒުގަދަ ފަރާތްތަކުން ވަނީ ސުޝާންތު ދުނިޔޭގައި ހުރި އިރު އޭނާ ވަރަށް ބޮޑަށް ބާކީކޮށްލައިފައެވެ. އަދި މިކަމަށް ބާރުދޭ އެކިއެކި އިންޓަވިއުތަކާއި، ކުރީގެ ޕޯސްޓުތައް ވެސް މީސްމީޑިއާގައި އަންނަނީ ވައިރަލް ވަމުންނެވެ. އެގޮތުން ކަރަންގެ ޝޯ “ކޮފީ ވިތު ކަރަން” ގައި ސޯނަމް ކަޕޫރާއި އާލިއާ ބަޓް ފަދަ ތަރިން ސުޝާންތު ވަރަށް “ދަށްކޮށްލާފައި” ވާހަކަ ދައްކާފައި ހުރި ކަމަށްބުނާ ވީޑިއޯތަކެއް ވަނީ ފެންމަތިވެފައެވެ.

ސުޝާންތުގެ މަރަށްފަހު އެންމެ ބޮޑުތަނުން ފޮލޯވަރުން މަދުވެފައިވަނީ އާލިއާ ބަޓް ގެއެވެ. އެގޮތުން 4 ލައްކައަށްވުރެ ގިނަ ފޮލޯވަރުން އޭނާ އަންފޮލޯ ކޮށްފައިވާ ކަމަށް ‘ޕިންކްވިލާ’ގެ ދިރާސާއިން ދައްކައެވެ. އަދި ކަރަން ޖޯހަރުގެ 188،000 ފޮލޯވަރުން މަދުވެފައި ވާއިރު، ސޯނަމް ކަޕޫރާއި ސަލްމާން ޚާންގެ ފޮލޯވަރުން ވެސް ވަނީ ފުދޭ ވަރަކަށް ދަށަށް ގޮސްފައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ސުޝާންތުގެ މަރާ ގުޅިގެން ކަރަން ޖޯހަރު، ސަލްމާން ޚާން، އެކްތާ ކަޕޫރު އަދި ސަންޖޭ ލީލާ ބަންސާލީއާ ދެކޮޅަށް ކޯޓުގައި މައްސަލައެއް ހުށަހަޅާފައިވާ ކަމެވެ. ބިހާރުގެ ކޯޓެއްގައި އޮތް މި މައްސަލައިގައި އިތުރު ހަތަރު މީހަކާއެކު ޖުމްލަ އަށް މީހުންގެ މައްޗަށް ދައުވާ އުފުލިފައިވެއެވެ. އެއީ، ސުޝާންތަށް ލިބިފައި އޮތް 7 ފިލްމެއް، އެންމެ 6 މަސްދުވަސް ތެރޭގައި އޭނާގެ އަތުން ގެއްލުމުގައި އެމީހުންގެ ނުފޫޒު އޮތް ކަމަށްބުނެއެވެ. އަދި ސުޝާންތު މަސައްކަތްކޮށްފައިވާ ބައެއް ފިލްމުތައް ބޮޑު ސްކްރީނާ ހަމައަށް އައިސްފައި ނުވާކަމަށްވެސް އެ ދައުވާގައި ވެއެވެ. އަދި މި ކަންތައްތަކާ ސުޝާންތު މާޔޫސްވެގެން އަމިއްލައަށް މަރުވުމުގެ ނިންމުން ނިންމުމަށް މަގުފަހިވީ ކަމަށް ބުނެފައިވެއެވެ.

34 އަހަރުގައި ސުޝާންތު އަމިއްލައަށް މަރުވުމާ ގުޅިގެން، ބޮލީވުޑުގައި ހުރި އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ނަން މަޝްހޫރު އާއިލާއިން އަންނަ ތަރިންނަށް ދޭ އިސްކަން ބޮޑުވުމާއި، އާދައިގެ ތަރިންނަށް އެވޯޑުތައް ނުދިނުން ފަދަ ކަންކަން ހިމެނެއެވެ. މިކަންކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފައިވަނީ ބަތަލާ ކަންގަނާއެވެ.

  1. ކަމަލް އަށް.. ސުއިސައިޑް ނޯޓް ނުލިޔުވުމުގެ މާނަ އަކީ ބަޔަކު އޭނަ މަރާލީއޭ ތަ?

    0
    0
  2. ކޮންބޭކާރު ވާހަކައެއް އަމިއްލައަށް މަރުވެފަ އެއިލްޒާމް އެންމީހުންގެ ބޮލުގަ އަޅުވާނެކަމއްނެތް. އަމިއްލައަށް ޖެހޭތަމަރުވާން. އަމިއްލައަށް މަރުވާ ވިޔާނުދާ ހަޑިހުތުރު އަމަލު ކުރީމަ އެހެންމީހުންތަ ޒިންމާ ވާންޖެހެނީ. ހިންދޫ ދީނުގަ އެކަން އޮންނަގޮތްދޯ. ގެރިކަލާންގެ ބުނާގޮތްތަ

    4
    6
  3. ދެންލީވެބާ ތިޔަހުރިހާ ވާހަކަ ތައް ސޫސަިޑް ނޯޓްގައި ނުލިޔުނީ….؟

    1
    5

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!