ދުވަސްވީ މީހުންނާ، ކުޑަކުދިންނަށް ޚާއްސަ ވަގުތުގައި އެހެން މީހުން ބޭރަށް ނުދޭ:ޑރ. އަފްޒަލް

ކޯވިޑް-19އާ ގުޅިގެން މިހާރު މާލޭގައި އޮތް އައު ޢާއްމު ޙާލަތުގައި ޢުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ބޭރަށް ނުކުންނަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި އެހެން މީހުން ވިހާވެސް މަދުން މަގުމަތީގައި ހަރަކާތްތެރިވުމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސްކުރައްވައިފިއެވެ.

ޑރ. އަފްޒަލް ވަނީ ކުޑަކުދިންނަށް ހާއްސަކޮސްފައިވާ ދެ ގަޑިއިރު، އެހެން މީހުން ބޭރު ތެރޭގައި ނޫޅުމަށް އިލްތިމާސްކުރައްވާފައެވެ. ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ގަޑިއަކީ ހަވީރު 4:00 އިން 6:00 އެކެވެ. ދުވަސްވީ މީހުން ކަސްރަތުކުރުމަށާއި ހިތްހަމަޖައްސާލުމަށް ބޭރަށް ނުކުތުމަށް ކަނޑައަޅާފައިވަނީ ފަތިހު 5 އިން ހެނދުނު 8 ޖެހުމާހަމައަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ މި ދުވަސްވަރު ކުޑަކުދިން ހޭންޑް ސެނިޓާއިޒާ ބޭނުން ކުރުމުގެ އާދަ އަށަގެންނެވުމަށް މަސައްކަތް ކުރުމަށް މުހިންމު ކަމަށެވެ. އަދި ބޭރަށް ގެންދާއިރު، ގިނަ ކުދިން އެއްކޮށް ގާތްގާތުގައި އުޅޭނެ ޕާކް ފަދަ ތަންތަނަށް ނުގެންގޮސް، އާއިލާ ތެރޭގައި ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޑރ ވިދާޅުވީ ޢުމުރުން ދުވަސްވީ މީހުން ބޭރުގައި ހަރަކާތްތެރިވާ ވަގުތުތަކުގައި ކަސްރަތު ކުރާނަމަ މަސްކު އެޅުން ރަނގަޅު ނޫންކަމަށެވެ. އަދި ކުޑަކުދިންގެ ތެރެއިން 2 އަހަރުން ދަށުގެ ކުދިންވެސް މާސްކު ނާޅުވަން އިރުޝާދު ދީފައިވާއިރު އެފަރާތްތަކަށް ބަލީގެ ވައިރަސް ނުދާނެފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަކީ ނުހަނު މުހިންމުކަމެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!