އެންއީއޯސީގެ މަސައްކަތުގައި އެމްއެންޔޫގެ 1200 ދަރިވަރުންނާއި 300 ސްޓާފުން

އެންއީއޯސީގެ މަސައްކަތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ 1500 ދަރިވަރުންނާއި ސްޓާފުން ބައިވެރިވެފައިވާ ކަމަށް އެމްއެންޔޫގެ ރިސާޗް ޑީން، ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ރަހީމާ ވިދާޅުވީ އެންއީއޯސީގެ މަސައްކަތް ފެށުނު ހިސާބުން އެމްއެންޔޫ އިން ދަނީ އެކި ގޮތްގޮތަށް އެންއީއޯސީއަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން އެންއީއޯސީގެ މަސައްކަތުގައި އެ ޔުނިވާސިޓީގެ 1200 ދަރިވަރުންނާއި 300 ސްޓާފުން ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ރަހީމާ ވިދާޅުވީ، އެމްއެންޔޫއިން ވަނީ ރެޕިޑް ރެސްޕޮންސް ޓީމްގައާއި ސާމްޕަލް ނެގުމުގައާއި ކޮންޓެކްޓް ޓްރޭސީން ޓްރެއިނިން ދިނުމުގައާއި ކޮވިޑަށް ތައްޔާރުވާން ހޮސްޕިޓަލްތަކުގައި އަދި ހެލްތް ސެންޓަރުތަކުގައި މީހުންނަށް ޓްރެއިނިން ދިނުމުގެ އިތުރުން ޓާސްކްފޯސްތަކުގައި ހަރަކާތެރިވެފައިވާ ކަމަށެވެ.

އެ ޔުނިވާސިޓީން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ރަހީމާ ވިދާޅުވީ އެޗްޕީއޭއާ ގުޅިގެން އެންއީއޯސީގެ ކޮންޓެކްޓް ޓްރޭސިން ފެށުނު ހިސާބުން ދިރާސާތަކެއް އަދި މޮޑެލިންގެ ދިރާސާތަކެއް ކުރަން ފަށާފައިވާ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ސޯޝިއޯ އިކޮނޮމިކް ހެލްތަށް އަންނަ ބަދަލުތަކާއި މެންޓަލް ހެލްތަށް އަންނަ ބަދަލުތައް ވެސް ދިރާސާކުރަމުންދާ ކަމަށް ޑރ. ރަހީމާ ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުން ހަވާލުކޮށްގެން ކޮވިޑް-19ގެ ސަބަބުން ޓުއަރިޒަމް ސެކްޓާ އަށް އަންނަ ބަދަލުތަކާއި ގެއްލުންތަކަކީ ކޮބާކަން ބަލާ، އެކަން ފޫބައްދަން ކުރެވޭނެ ކަންކަމާ ބެހޭ ދިރާސާތަކެއް ވެސް ކުރަމުންދަ ކަމަށް ޑރ. ރަހީމާ ވިދާޅުވިއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!