ބަލި ފެތުރުމުގެ ފުރުޞަތު ބޮޑު 21 ތަނެއް މޮނިޓަރިން ހާލަތުން ދޫކޮށްލައިފި

ކޮންޓައިންމަންޓް ސައިޓްތައް ނުވަތަ ބަލި ފެތުރުމުގެ ފުރުޞަތު ބޮޑު ތަންތަނުގެ ގޮތުގައި ފާހަގަކުރެވި މޮނިޓަރިންއަށް ލާފައިވާ 21 ތަނެއް ދޫކޮށްލާފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ކޮންޓެއިންމަންޓް ސައިޓްތައް ނުވަތަ ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭ އަދި ގިނަ ޢަދަދެއްގެ މީހުން އެއްތަނެއްގައި ދިރިއުޅޭ ތަންތަނުގެ ގޮތުގައި ފާހަގަކުރެވި ބަލަހައްޓަމުން ދިޔަ 21 ތަނެއް މިއަދު މޮނިޓަރިން އިން ދޫކޮށްލާފައިވާކަމަށެވެ.

މިހާތަނަށް އެޗްޕީއޭއިން ދިޔައީ އެފަދަ 41 ތަނެއް ފުލުހުން މެދުވެރިކޮށް ބަލަހައްޓަމުންނެވެ.

މަބްރޫކް ވިދާޅުވީ، މީގެ ތެރެއިން 21 ތަނެއް ދޫކޮށްލީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންގެ އިރުޝާދާއި އެކުކަމަށެވެ. އެފަދަ ތަންތަން ދޫކޮށްލަނީ އެތަންތަން ބަލަހައްޓާތާ 45 ދުވަސްވެފައިވުމާއެކު އެތަންތަނުން އިތުރު ކޭސްތަކެއް ނުފެންނާތީކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮންޓައިންމަންޓް ސައިޓްތަކުގައި ގިނައިން ދިރިއުޅެމުން އަންނަނީ ބިދޭސީންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!