އައްޑޫގައި ދެ އެކްސިޑެންޓް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ދެ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގެ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލެއް ޖެހި މިރޭގެ 19:40 އެހައިކަންހާއިރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި އަނީޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނާއިރު، އަނިޔާވެގެން ގެންގޮސްފައި ވަނީ ކޮން އުމުރެއްގެ އަދި ކޮން ޖިންސެއްގެ ބައެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.

އެގޮތުން އެމަގުގައި 2 ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފަިއވާ ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު އެ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހަކު، ސައިކަލު ދުއްވާލި ވަގުތު ކާރެއްގައި ޖެހިގެން އިތުރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި އަނިޔާވި ތިން މީހުންގެ ހާލުވެސް ސީރިއަސް ނޫން ކަމަށާއި އެ ތިން މީހުންނަކީވެސް ލައިސަންސް އޮތް މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!