ފޮޓޯ: މިހާރު

ކޮވިޑް-19އާ އެކު އުޅެން ގިނަ ބަޔަކަށް ދަސްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވެއްޖެ

ކޮވިޑް 19އާ އެކު އުޅެން ގިނަ ބަޔަކަށް ދަސްވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޑާ ދެކޮޅަށް ރާއްޖެއިން ހަނގުރާމަކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި ކޮވިޑާއެކު އުޅުމަށް ގިނަ ބަޔަކަށް މިހާރު ދަސްވެފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ރާއްޖެއިން ކޮވިޑަށް ތައްޔާރުވީއިރު މައިގަނޑު ގޮތެއްގައި ކުރީ ތިން ކަމެއް ކަމަށެވެ. އެގޮތުން ކެޕޭސިޓީ އިތުރުކުރުމާއި، ކޮވިޑުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ކޮވިޑުގެ ނުރައްކަލުން ސަލާމަތްވެވޭނެ ގޮތްތައް ހޯދައި ބެލުމުގެ ކަންކަން ކުރި ކަމަށް ވިދާޅުވިއެވެ.

ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރި މަސައްކަތުގެ ނަތީޖާ ފެންނަކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ، ކޮވިޑުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ގިނަ ބަޔަކު މިހާރު އުޅެނީ ގައިދުރުކޮށްގެން ކަމަށް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!