ފޮޓޯ: މީހާރު

ކުޑަކުދިން ބޭރަށް ގެންދިއުމުގައި ސަމާލުވާންވީ ކަންކަން

ކުޑަކުދިން ބޭރަށް ގެންދިއުމުގައި ސަމާލުވާންވީ ކަންކަން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވަނީ މި ދުވަސްވަރު ކުޑަކުދިން ހޭންޑް ސެނިޓާއިޒާ ބޭނުން ކުރުމުގެ އާދަ އަށަގެންނެވުމަށް މަސައްކަތް ކުރުމަށް މުހިންމު ކަމަށެވެ. އަދި ބޭރަށް ގެންދާއިރު، ގިނަ ކުދިން އެއްކޮށް ގާތްގާތުގައި އުޅޭނެ ޕާކް ފަދަ ތަންތަނަށް ނުގެންގޮސް، އާއިލާ ތެރޭގައި ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޑރ. އަފްޒަލް ވަނީ ކުޑަކުދިންނަށް ހާއްސަކޮސްފައިވާ ދެ ގަޑިއިރު، އެހެން މީހުން ބޭރު ތެރޭގައި ނޫޅުމަށް އިލްތިމާސްކުރައްވާފައެވެ. ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ގަޑިއަކީ ހަވީރު 4:00 އިން 6:00 އެކެވެ.

ޑރ. އަފްޒަލް މިހެން ވިދާޅުވެފައިވާއިރު، އޭނާ ވަނީ މީގެ ކުރިން، ކުޑަކުދިން މާސްކު އެޅުވުމުގައި ވެސް ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!