ސޭފް ޓޫރިޒަމް ގައިޑްލައިނާ ގުޅޭގޮތުން މަޖިލީހުގެ ލަފާ ރައީސް ސޯލިހަށް އަރުވައިފި

މިނިސްޓްރީ އޮފް ޓޫރިޒަމުން އެކުލަވާލާފައިވާ މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިންއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ރައީސް ސޯލިހުއާ ލަފާ ހިއްސާކުރެއްވީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.

މަޖިލީހުން ލަފާ އެރުވީ މި ގައިޑްލައުންގެ ފުރަތަމަ ދެލިކޮޕީ މާފަންނު މެދު ދާއިރަގެ މެންބަރު އިބްރާހިމް ރަޝީދާއި، މަތިވެރި ދާއިރަގެ މެންބަރު ހަސަން ޒަރީރާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ އިތުރުން ރައީސް ނަޝީދު ހިއްސާ ކުރައްވާފައިވާ ހިޔާލުތައް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުންގެ ރިޕޯޓާއެކު އެއް ކަރުދާސްކޮށްފައެވެ.

ސޭފް ޓޫރިޒަމް ގައިޑްލައިންއާ ގުޅިގެން މަޖިލީހުން ފާސްކުރީ ކޮވިޑް-19ގެ ކުރިން ރާއްޖެއަށް ފަތުރުވެރިން އައުމަށާއި، ފްލައިޓުތައް ޖެއްސުން ފަދަ ކަންކަމަށް ނަގަމުން އައި ފީއެއް ނުވަތަ ޓެސްއެއްގެ އިތުރުން އެއްވެސް ފީއެއް ނުވަތަ ޓެކްސްއެއް ނުނެގުމަށެވެ. އަދި ކަރަންޓީނު ނުވެ، ފަތުރުވެރިންނަސް ރާއްޖެއަށް ޒިޔާރަތް ކުރެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސައި ދިނުމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ އައު ގައިޑްލައިން، ބު”ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ”ގެ ފުރަތަމަ ބައްދަލުވުމުގައި، މިނިސްޓަރ އަލީ ވަހީދު ވަނީ ރައީސް ސޯލިހުއާ ހިއްސާކުރައްވާފައެވެ. ދެން ބާއްވާ ޓާސްކްފޯހުގެ ބައްދަލުވުމުގައި، މި ގައިޑްލައިނާ މެދު ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!