ރައްޔިތުންގެ މަޖިލީހުގެ އިދީރީ މުވައްޒިފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވީ ނަމަވެސް އާންމު ކޮށްފައިވާ އުުސޫލުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ފަހު މަޖިލީހުގެ މަސައްކަތްތައް މަޖިލީހުގެ އިދާރާގައި ކުރިއަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ މެއިންޓެނެންސް ޔުނިޓްގެ މުވައްްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި އެ ފިޔަވަޅުތަަކަށް ފަހު މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަަމަށެވެ. އެގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކަކީ ކޮންޓެކްޓް ޓްރޭސިން ހެދުމާއި ޑިސްއިންފެކްޓް ކުރުމެވެ.
އަދި ކޮވިޑްގެ-19 އާ ގުޅިގެން އާންމު ކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ރައްްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްފަހު މަޖިލީހުގެ މަސައްކަތްތައް އިދާރާގައި ކުރިއަށް ގެންދާނެ އެވެ.
“… މަޖިލީހުގެ އިދާރާގައި މަސައްކަތް ފެށިއިރު ވެސް މިފަދަ ކަމެއް މެދުވެރިވެދާނެ ކަމަށްބަލާ، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އެޅިފައި. އަދި ރޯގާއާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން، އެހެން ނަމަވެސް މަޖިލީހުގެ މަސައްކަތްތައް މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ އަމާޒެއް،” އެ ބަޔާނުގައި ވެއެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި އެޅި ރައްކާތެެރިކަމުގެ ފިޔަަވަޅުތަކާ އެކު މަޖިލީހުގެ ޖަލްސާތައް ފުރަތަމަ ބާއްވަމުން އައީ ވާޗުއަލްކޮށެވެ. އެކަމަކު މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބާއްވަން ފެށީ ލޮކްޑައުންއަށް ލުއި ދިނުމުގެ ކުރިން މިދިޔަ މަހުގެ 26 ގަ އެވެ. އޭރު ޖަލްސާ ބާއްވަން ފުރަތަމަ ނިންމީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނުލިބެނީހެވެ. އެކަަމަކު އެދުވަހު ބޭއްވި ޖަލްސާއަށް ދާން މެމްބަރުންނަށް ވަކި ވަކިން ހުއްދަ ދިނެވެ.