އިންޑިއާގެ އިތުރު 165 މީހަކު ފުރުވާލައިފި

ކޮވިޑް-19 އާ ގުޅިގެން އެކި ސަބަބުތަކާއިހުރެ ގައުމަށްދާން ބޭނުންވި އިންޑިއާގެ އިތުރު 165 މީހަކު ފުރުވާލައިފިއެވެ.

އިންޑިއާ ސަރުކާރުން ޗާޓަރުކުރި އިންޑިއާ އެއަރ ފްލައިޓުގައި މި މީހުން ގޮސްފައިވަނީ މެންދުރުގެ ވަގުތެއްގައެވެ. މި އަދަދާއިއެކު، މި ލޮކްޑައުން ތެރޭގައި އިންޑިއާގެ 4000ށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ގެންްގޮސްފައިއެވެ.

އޭގެ ތެރޭގައި ވައިގެމަގާއި ކަނޑުގެ މަގުން ގެންދިޔަ މީހުން ހިމެނެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތް ރަތީޝް ވިދާޅުވީ، ބުރާސްފަތި ދުވަހު އިތުރު 170 މީހަކު ފުރުވާލަން ހަމަޖެހިފައިވާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!