ކުންފުނިތަކުގެ އަހަރީ ފީ ޖޫރިމަނާއަކާ ނުލާ ބަލައިގަންނާނެ

ކުންފުނިތަކުގެ މިއަހަރުގެ އަހަރީ ފީ ޖޫރިމަނާއަކާ ނުލާ ބަލައިގަންނާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހި ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައުވާ ކުންފުނިތަކުގެ 2020 ވަނަ އަހަރުގެ އަހަރީ ފީ ޖޫރިމަނާއަކާ ނުލާ ބަލައިގަންނަން ނިންމާފައިވާ ކަމަށެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ޖޫރިމަނާއަކާ ނުލާ އަހަރީ ފީ ބަލައިގަންނާނީ މިއަހަރު ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މީރަ މެދުވެރިކޮށް ކުންފުނިތަކުގެ އަހަރީ ފީ ބަލައިގަތުމަށް ނިންމާފައިވާއިރު، އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މީރާގެ ކައުންޓަރުތަކުން ހިދުމަތް ދޭން ފަށާނެ ކަމަށް އެ އިދާރާ އިން ވަނީ ބުނެފައެވެ. އެ އިދާރާއިން ބުނީ ޖުލައި ފަސްވަނަ ދުވަހު މީރާގެ ކައުންޓަރުތައް ހުޅުވި ނަމަވެސް، ޓެކްސް ދައްކާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށާއި އިޖުތިމާއީ ގައިދުރު ކަމާއެކު ހިދުމަތް ދިނުމަށް ބަންދުގެ މުއްދަތުގައި ހަމަވި ޓެކްސް ސުންގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!