ކޮންޓެކްޓް ޓްރޭސިން އަދި ޑިސްއިންފެކްޓްކޮށް ނިންމުމުން މަޖިލިސް ހުޅުވާލާނެ

ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާތީ އެތަން މިވަގުތަށް މޮނީޓަރިން ހާލަތަށް ގެނެސްފައިވީ ނަމަވެސް ކޮންޓެކްޓް ޓްރޭސިން އަދި ޑިސްއިންފެކްޓްކޮށް ނިންމުމުން އަލުން ހުޅުވާލާނެ ކަމަށް ބުނެފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މަޖިލީހުގެ މެއިންޓެނެންސް ޑިޕާޓްމަންޓްގެ މުވައްޒަފެކެވެ. އޭނާ އެންމެ ފަހުން މަސައްކަތަށް ނުކުމެފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާއާ ކޮންޓެކްޓްވި އެހެން މުވައްޒަފުންގެ މައުލޫމާތު މިހާރު ދަނީ ނަގަމުންނެވެ.

މި ވަގުތަށް މަޖިލީހުގެ އިދާރާ މޮނިޓަރިން ހާލަތަށް ގެނެސްފައިވާއިރު އެތަން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން އާއި ޑިސްއިންފެކްޓްގެ މަސައްކަތް ނިމުމުން މަޖިލިސް ހުޅުވާލާނެ ކަމަށެވެ.

މިއަދު ވެސް މަޖިލީހުގެ ޖަލްސާތަކާއި ގިނަ ކޮމިޓީތައް ކުރިއަށް ދިޔަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!