ގުޅިފަޅުން 6000 ފްލެޓަށް ބިމެއް ކަނޑައަޅަން ހުށަހަޅައިފި

މި ސަރުކާރުގައި ގުޅިފަޅުން އަލަށް ހިއްކާ ސަރަހައްދުގައި މަދުވެގެން 6،000 ހައުސިން ޔުނިޓް އިމާރާތް ކުރެވޭ ވާރުގެ ބިމެއް ކަނޑައަޅަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފި އެވެ.

އެ މައްސަލަ ބަލައި ދިރާސާ ކުރުމަށް ފަހު ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ ތިމާވެއްޓަށް އަސަރު ކުރާ މަޝްރޫއަކަށް ވާތީ ހަމައެކަނި އެންމެ މަޝްރޫއަކަށް ހާއްސަ ކުރުމުގެ ބަދަލުގައި އިތުރު އިޖުތިމާއީ އަދި އިގްތިސާދީ ފައިދާތައް އަންނާނެ ކަންކަން ހިމަނަން ޖެހޭ ކަމަށެވެ.

އެ ގޮތުން މާލެއަކީ ތޮއްޖެހިފައިވާ ސަރަހައްދަކަށް ވާތީ، ގުޅިފަޅު ހިއްކާ ބިމުގެ ސަރަހައްދުގެ 15 ޕަސެންޓްގެ ބިން ބޯހިޔާވަހިކަމަށް ހާއްސަ ކުރުމަށް ކޮމިޓީން ހުށަހަޅާ ކަމަށް ރިޕޯޓުގައި ބުނެ އެވެ. އަދި އެ ބިމަކީ މަދުވެގެން 6،000 ހައުސިން ޔުނިޓް އިމާރާތް ކުރެވޭ ވަރުގެ ބިމަކަށް ވެސް ވާން ވާނެ ކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެ އެވެ.

ގުޅިފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް ޓަކައި މިހާރު ވެސް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގާފައިވާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް މަޝްރޫއު ހިންގާ ފަރާތަށް އެންގުމަށް ކޮމިޓީ ރިޕޯޓްގައިވެ އެވެ.

ގުޅިފަޅުގައި މިހާރު ހިއްކަމުން ދަނީ މާލެ ވިޔަފާރި ބަނދަރު އެ ތަނަށް ބަދަލު ކުރުމުގެ މަޝްރޫއުގެ ދަށުން ބޭނުންވާ ބިމުގެ ސަރަހައްދަށެވެ. ނަމަވެސް އެ ކަމަށް ބޮޑު ބައެއް ހިއްކާތީ، ވިލިމާލެ ފަރަށް ކިސަޑު އެޅި ގެއްލުން ވަމުންދެ އެވެ. އެ މައްސަލަ އެންވަޔަރަމެންޓް ކޮމިޓީން ވަނީ ބަލަން ފެށި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!