ރިސޯޓު މުވައްޒަފުންގެ ޙާލަތު ދެނެގަތުމަށް ސަރވޭއެއް

ކޯވިޑް-19އާ ގުޅިގެން، ރިސޯޓު މުވައްޒަފުންނަށް ކޮށްފައިވާ އަސަރު ދެނެގަތުމަށް ޚާއްސަ ސަރވޭއެއް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ފަށައިފިއެވެ.

ސްޓެޓިސްޓިކް ބިއުރޯއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިސަރވޭ ކުރިއަށްގެންދަނީ އެސްއެމްއެސް މެދުވެރިކޮށްކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން މިސަރވޭގައި ބައިވެރިވުމަށް ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯއިން އެދެއެވެ. މިސަރވޭ ކުރިއަށްދަނީ ޔޫއެންޑީޕީއާއި އުރީދޫ މޯލްޑިވްސްއާއި ދިރާގުގެ އެހީތެރިކަމާއެކު ކަމަށް ސްޓެޓިސްޓިކް ބިއުރޯއިން ފާހަގަކުރައްވައެވެ. ކޯވިޑް-19އާއި ގުޅިގެން ރިޒޯޓުތަކުގެ މުވައްޒަފުންގެ ތެރެއިން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންގެ އެންމެ ސައްޙަ މަޢުލޫމާތު މިސަރވޭއިން ލިބިގެންދާނެ ކަމަށް ސްޓެޓިސްޓިކް ބިއުރޯއިން ވިދާޅުވެއެވެ.

ކޯވިޑް-19އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާކަމަށާއި އެތައް ބައެއްގެ މުސާރަތައް ކުޑަކޮށްފައިވާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދު ހީނަރުވަމުންދާ މިދަނޑިވަޅުގައި ގިނަ ވިޔަފާރިތަކުން ދަނީ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ޢިނާޔަތްތައް ކަނޑައި ބައެއް މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވަމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!