އދ. ހީންފަރު ކައިރިއަށް ފީނަށް ފައިބާ އުޅުނު ދެ ފަތުރުވެރިއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ ހީންފަރު ކައިރީގައި އޮތް “ވީބީ ޑައިވިން” ދޯނީގެ ހުންގާނު ފެއިލްވެ އެ ދޯނިން ޑައިވިނަށް ފޭބި ދެ ފަތުރުވެރިއަކަށް ދޯންޏަށް ނާދެވުމުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މި ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 14:12 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ ދެ ފަތުރުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.