އެންމެ ކުޑަ އުޖޫރަ (މިނިމަމްވޭޖް) ކަނޑައެޅުމަށް ހުށަހެޅި ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީއަށް ފޮނުވައިފި އެވެ
މިބިލަށް ބަލައިގަތުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެމްބަރުން ވަނީ ފެންނަކަމަށް ވޯޓު ދެއްވާފަ އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ މިއިސްލާހަކީ ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭކަންކަން އިތުރަށް ތަފްސީލުކޮށް ޤާނޫނުގައި ބަޔާންކުރާ ވަޒީފާއާއި ގުޅޭކަންކަން އިތުރަށް ޚަރުދަނާކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މިބިލުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ކަނޑައަޅާފައި ވަނީ، ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ދޭ، އެންމެކުޑަ އުޖޫރަ ކަނޑައަޅާފައި ވެއެވެ. އެގޮތުން، އެންމެ މަތީ ކެޓަގަރީއަށް 8.000ރ އާއި 8،500ރގެ ދެމެދުގެ ޢަދަދެއް، ދެން އޮތް ކެޓަގަރީއަށް 6،000ރ އާއި 6،500ރ އާއި ދެމެދުގެ ޢަދަދެއް، އަދި އެންމެ ކުޑަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާއި ދެމެދުގެ ޢަދަދެއް ކަނޑައެޅުމަށް ބިލުގައި ވެއެވެ.