ރަށްރަށުގައި ޓެސްޓު މެޝިނުތައް ނުބެހެއްޓި ލަސްވަނީ މިނިސްޓަރު ހުއްދަ ނުދެއްވައިގެން: އަފީފް

ހެލްތު މިނިސްޓްރީއަށް ބަޔަކު ހަދިޔާކޮށްފައިވާ ލެބޯޓަރީ ޓެސްޓިން މެޝިނުތަކެއް ރަށްރަށުގައި ނުބެހެއްޓިި ލަސްވަނީ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ހުއްދަނުދެއްވައިގެން ކަމަށް ވިލިފުށީ ދާއިރާ މެމްބަރު ޙަސަން ޢަފީފު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުން މަޖިލިހުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ ލެބޯޓްރީތަކުގައި ބޭނުން ކުރާ 6 ޓެސްޓު މެޝިނު ބަޔަކު ހަދިޔާކުރިތާ މިހާރު ދޮޅުއަހަރު ދުވަސްވެފައިވާ ކަމުގައެވެ. އެއްވެސް ރަށެއްގައި އެމެޝިނު ނުބެހެއްޓިގެން އުޅެނީ މިނިސްޓަރު ހުއްދަނުދެއްވައިގެން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އެކި ރަށްރަށުގައި އެ ހިދުމަތް ފެށިފައި ނުވަނީ މިނިސްޓަރު އަމީން ދެއްވަން ޖެހޭ ހުއްދަ ނުލިބިގެން ކަމަށް މީގެ ކުރިން ވެސް އަމީނަށް ފާޑުވިދާޅުވެފައިވާ އަފީފް ވިދާޅުވި އެވެ. އަފީފް ވިދާޅުވީ މިނިސްޓަރަށް ފާޑުކިޔަން މިޖެހެނީ މިގޮތްގޮތަށް މިނިސްޓަރު ކަންތައް ކުރައްވާތީވެ ކަމަށެވެ.

މިނިސްޓަރު އިތުބާރުކުރައްވާ ބައެއް ފަރާތްތަކަށް މެޝިނުތައް ގެންނަން ހަވާލުކުރައްވާފައިވާ ކަމަށާއި އަދިވެސް އެމެޝިނުތައް ނުލިބޭ ކަމުގައިވެސް ޢަފީފު ވިދާޅުވިއެވެ. އަދި އައު މުއްދަތުތަކެއް މިހާރު ދެއްވަމުން ދާ ކަމުގައިވެސް ފާހަގަކުރައްވާ ކަމުގައި ޢަފީފު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!