ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުންގޯސްވެ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން މެދުރާއްޖެތެރެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ މިއަދު މެންދުރު 13:35 އިން ފެށިގެން ހަވީރު18:00 އާއި ހަމައަށް، ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި އެ ގަޑިއަކު ގައި 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށެވެ.

މީގެ އިތުރުން މި ސަރަހައްދުގެ ކަނޑުތަށް ގަދަވާނެ ކަމަށްވެސް މެތް އޮފީހުން ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!