ސައުތު ކޮރެއާގެ ކޭ ޕޮޕް ތަރި ޔޯހާން (ކިމް ޖިއޮން ހްވާން) މަރުވެއްޖެއެވެ. އޭނާ މަރުވިއިރު އުމުރަކީ އަހަރެވެ.
މީޑިއާތައް ބުނާ ގޮތުގައި 28 އަހަރުގެ ޔޯހާން މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި އެވެ. ނަމަވެސް އޭނާ މަރުވީ ކިހިނެއްވެގެން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
ޔޯހާން އެންމެ ފުރަތަމަ މަޝްޙޫރުވެގެން ދިޔައީ 2015 ވަނަ އަހަރު އެންއޯއެމް ބޭންޑުންނެވެ. އެއަށްފަހު 2017 ވަނަ އަހަރު އޭނާ ދެން ގުޅިފައި ވަނީ ޓީއެސްޓީ (ޓޮޕް ސީކްރެޓް) ބޭންޑްއާއެވެ. މިދިޔަ ޖެނުއަރީ މަސް ތެރޭގައި އެ ބޭންޑުންވަނީ އެމީހުންގެ ސިންގަލް ލަވަތަކެއް ނެރެފައެވެ.