ޖުލައި 1 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަން އިން އޮންލައިން ޗެކިން ފަށަނީ

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފުލައިޓްތަކަށް އޮންލައިންކޮށް ޗެކިން ކުރެވޭނެކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ވިދާޅުވީ ޖުލައި އެކަކުން ފެށިގެން މޯލްޑިވިއަންގެ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓުތަކަށްވެސް އޮންލައިން ކޮށް ޗެކްއިން ކުރެވޭނެ ކަމަށެވެ.

މިހާރު ކުރިއަށްދަނީ އޮންލައިން ޗެކްއިންގެ ޓެސްޓިން މަސައްކަތްތައް ކަމަށް ޖެނިފާ ވިދާޅުވި އެވެ.

“އަޅުގަނޑުމެން މިހާރު ބޮޑަށް ބާރުއަޅަނީ އޮންލައިންކޮށް ޓިކެޓު ގަތުމާއި މީހުން ނައިސް ޓިކެޓްގެ ކަންކަން ކުރިއަށްގެންދިއުމަށް. 1 ޖުލައިގައި އޮންލައިން ޗެކިންވެސް ފެށްޓޭނެ.” ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން މިހާރުވެސް އަންނަނީ ހަފްތާއަކު 1 ޕްލައިޓް ޑޮމެސްޓިކް އެއަރޕޯޓްތަކަށް ކުރަމުންނެވެ. ކަރަންޓީނު ފެސިލިޓީތަކަށާއި އައިސޮލޭޝަން ފެސިލިޓީތަކަށް މީހުން އުފުލުމުގެ އިތުރުން ކަރަންޓީނު ނިންމާ މީހުން އެނބުރި ރަށަށް ގެންދިޔުމަށްވެސް އެ އެއާލައިން އިންދަނީ ހަރަކާތްތެރިވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!