ޕޮލިސް ރިފޯރމް ކުރާއިރު ސިޓީ ޕޮލިސް ތައާރަފު ކުރުން މުހިއްމު: ޝިފާ

ސަރުކާރުގެ ފަރާތުން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލާއި ގުޅިގެން ޕޮލިސް ރިފޯމް އެޖެންޑާގައި ސިޓީ ޕޮލިސް ތައާރަފު ކުރުން މުހިއްމު ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ކުރެއްވި ޓުވީޓަކަށް ޖަވާބުދެއްވަމުން ޝިފާ ވިދާޅުވީ ސިޓީ ޕޮލިސް ތައާރަފު ކުރުމުން ރައްޔިތުންނާއި ސީދާ ގުޅުން ހުރި މަސައްކަތްތައް ހަމަޔަކަށް ގޮސްފިކަމުގެ އިހުސާސު ވާނެ ކަމަށެވެ.

ޝިފާ ވިދާޅުވީ ޕޮލިސް ރީފޯރމް އެޖެންޑާގައި ސިޓީ ޕޮލިސް ހިމަނައިދެއްވުން މުހިންމު ކަމަށް ދެކޭކަމުގައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!