ކޮމަންޑޫ ބަނދަރު މަސައްކަތުގެ އެއްބައި ނިންމާލައިފި

ށ. ކޮމަންޑޫ ބަނދަރު މަސައްކަތުގެ އެއްބައި ނިންމާލައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއެމްޓީސީސީ ހާމަ ކުރިގޮތުގައި، މި ޕްރޮޖެކްޓްގެ މަސައްކަތުގެ މިހާރު ކުރިއަށް ދަނީ ބަނދަރުގެ ވަށައިގެން ފާރު ރޭނުމުގެ މަސައްކަތް ކަމަށެވެ. މި ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓްގަ އެވެ. އަދި މަސައްކަތް އަމަލީގޮތުން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ކޮމަންޑޫ ބަނދަރު ޕްރޮޖެކްޓްގެ ދަށުން ބަނދަރު ފުން ކުރުމާއި ވަށައިގެން ބްރޭކްވޯޓާ އެޅުމުގެ މަސައްކަތާއި ރިވެޓްމެންޓްގެ މަސައްކަތް ވެސް ހިމެނެ އެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދުގައި ލައިޓް ހަރުކުރާއި ބަނދަރުގެ ވަށައިގެން ޕޭވްމެންޓެއް ވެސް އެޅުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮޖެކްޓް އެމްޓީސީސީއާއި ހަވާލު ކުރީ 29.4 މިލިއަން ރުފިޔާއަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!