ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑެމުންދާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.
ސްޓެލްލޯ އިން ކުރި ޓްވީޓެއްގައި ބުނީ ކަރަންޓު ކެނޑެމުންދިޔަ ކަމުގައި ވިޔަސް ވީހާ ވެސް އަވަހަކަށް އެ މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދިމާވި މައްސަލަ އެ ކުންފުންޏަކުން ނުބުނެ އެވެ.
ކަރަންޓް ކެނޑުމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.