މާފަރު އެއަރޕޯޓުގައި ކޯވިޑްއަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.
މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ މާފަރު އެއަރޕޯޓުގައި ޕީސީއާރު ޓެސްޓް ހަދާ ލެބޯޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ސޮނޭވާ ރިސޯޓު ހިންގާ ސޮނޭވާ ގްރޫޕުން ކުރިއަށްގެންދާކަމަށެވެ. އަދި އަންނަ ހަފްތާގައި އެތަން ނިންމާ ބޭނުންކުރަން ފަށާނެކަމަށް މާފަރު އެއަރޕޯޓް އޮޕަރޭޓްކުރާ މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ ރިޒްވީ ވިދާޅުވިއެވެ.
ރިޒްވީ ވިދާޅުވީ މާފަރު އެއާޕޯޓުން ހުރިހާ ފަތުރުވެރިން ރިސޯޓްތަކަށް ދާނީ ޓެސްޓްކޮށްގެން ކަމަށާއި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ފަތުރުވެރިން އަންނަ އަދަދު އިތުރުވެގެންދާނޭ ސަބަބެއްކަމަށެވެ.
ރިޒްވީ ވިދާޅުވީ ސޮނޭވާގެ ފަރާތުން މި މަހުގެ 25 ވަނަ ދުވަހަށް ލެބް ރެޑީ ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.