ބައެއް ފުލުހުންގެ ނަޒަރުގައި ފުލުހުންގެ އިދާރާއަކީ އެބޭފުޅުން: ނަޝީދު

އެބޭފުޅުންނަކީ ފުލުހުންގެ އިދާރާ ކަމަށް ދެކިގެން ބައެއް ބޭފުޅުން ހިޔާލު ފާޅު ކުރައްވަމުން އެބަ ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ އެބޭފުޅަކާ ޒާތީ ގޮތުން އެކަތި ކަމުގައި ދެކެވިގެން ހިޔާލު ފާޅުކުރަމުންދާ ކަމަށެވެ. އެހެންވެ، ފުލުހުންގެ ބިލުގައިވާ އިސްލާހުތަކުގެ ފަހަތަށް ރާއްޖޭގެ ރައްޔިތުން ނާންނަނީމަ، މި އިސްލާހުތަކެއް ނާންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ބާރުވެރިކަން ހިންގަމުން އައި ގޮތް، ހަގީގަތުގައި އާ ގާނޫނުއަސާސީއާ އެކީގައި ބަދަލު ކުރުމަކީ އުންމީދެއް ކަމަށާއި އެކަން ހަގީގަތަކަށް ވެގެން ދިއުމަށް ރައްޔިތުންގެ ހިތްތައް ސާފުވުމަށް ފުލުހުންގެ މުއަސަސާއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ ބިލާ ބެހޭ ގޮތުން ފުރިހަމަ ބަހުސަކަށް ދާން ޖެހޭ ކަމަށެވެ. އަދި ބަހުސްތައް ކުރިއަށް ގެންދަންވާނީ ރައްޔިތުން ފުރިހަމަ އަށް ޝާމިލްވާ ގޮތަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!