މިއަހަރު ރާއްޖެއަށް 980000 ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކޮށްފި

ކޯވިޑް-19އާ ގުޅިގެން މިއަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރެވެނީ 980000 ފަތުރުވެރިންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު އިއްޔެ ވިދާޅުވީ މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ނަމަވެސް މިއަހަރު ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށެވެ.  އެހެންވެ އަންނަ މަހު ޓޫރިޒަމް ހުޅުވާލައި މަހަކު އެވްރެޖު ގޮތެއްގައި 180،000 މީހުން ގެންނަން ޖެހޭނެ އެވެ.

މިއަހަރުގެ ފުރަތަމަ 4 މަސްދުވަސްތެރޭ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 382760 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު40 އިންސަތަ ދަށްއަދަދެކެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުވެސް 1.7 މިލިއަން ފަރުތުވެރިން އައިސްދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ވަރަށް ރަނގަޅަށް މާކެޓިން ގެ ކަންތައް ކުރެވިއްޖެ ނަމަ، އަދި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލު ވެއްޖެ ނަމަވެސް ލަފާކުރެވެނީ 1.1 ނުވަތަ 1.2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!