ކޮވިޑަށް ކާމިޔާބު ފަރުވާއެއްގެ ގޮތުގައި ހޯދުނު ބޭސް ރާއްޖެއިން ވެސް ލިބެން އެބަހުރި: ޑރ. ފައިސަލް

ކޮވިޑް-19 އަށް ކާމިޔާބު ފަރުވާއެއްގެ ގޮތުގައި ހޯދުނު ޑެކްސަމެތަސޯން ބޭހަކީ ރާއްޖެއިން ވެސް ލިބެން ހުންނަ ބޭހެއް ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ސައިންސްވެރިން ވިދާޅުވި ގޮތުގައި، އެންޓި އިންފްލެމޭޓަރީ ބޭހެއް ކަމަށްވާ ޑެކްސަމެތަސޯން އަކީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރެވިދާނެ އެއްޗެއްކަން އެ ބޭހުގެ ދަށް ޑޯޒެއް ބޭނުންކޮށްގެން ކުރި ދިރާސާތަކުން ޔަގީންކަން ލިބިފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުގައި ތިބޭ ބަލިމީހުން މަރުވުމުގެ ފުރުސަތު ތިން ބައިކުޅަ 1 ބައި މި ބޭހުގެ ސަބަބުން ދަށްކޮށްދޭކަމަށެވެ. އަދި ހާލު އެހާ ސީރިއަސް ނޫނަސް އޮކްސިޖަން ދޭންޖެހޭ މީހުން ކޮވިޑް-19 ގައި މަރުވުމުގެ ނުރައްކާ ފަސް ބައިކުޅަ އެއް ބަޔަކަށް ދަށްކޮށްދޭކަން ވަނީ އެނގިފަ އެވެ.

މިކަމާ ގުޅިގެން ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑެކްސަމެތަޒޯނަކީ ކޮވިޑަށް ކަށަވަރު ބޭހެއް ނޫން ކަމަށާއި ނަމަވެސް ވެންޓިލޭޓަރަށް ލާން ޖެހޭ މީހުންގެ ތެރެއިން މި ބޭސް ދިން މީހުންގެ 1/3 ފުރާނަ ސަލާމަތްވި ކަމަށާއި އޮކްސިޖަން ގުޅިމީހުންގެ 1/5 މީހުންގެ ފުރާނަ ސަލާމަތްވި ކަމަށެވެ. އަދި އޮކްސިޖަން ދޭން ނުޖެހޭ މީހުންނަށް މި ބޭސް ދިނަސް އެއްވެސް ތަފާތެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ފައިސަލް ވިދާޅުވީ ޑެކްސަ މެތަޒޯނަކީ ސްޓެރޮއިޑެއް ކަމަށާއި އެއީ ވައިރަސް ނައްތާލާ ބޭހެއް ނޫން ކަމަށެވެ. އަދި އެ ބޭސް ރާއްޖޭގައިވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ ޑެކްސަ މެތަޒޯނަކީ ސްޓެރޮއިޑެއް ކަމަށާއި އެއީ ވައިރަސް ނައްތާލާ ބޭހެއް ނޫން ކަމަށެވެ. އަދި އެ ބޭސް ރާއްޖޭގައިވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

“ކަށަވަރުބޭހަކީ ނޫން އެކަމަކު ވެންޓިލޭޓަރަށްލާން ޖެހޭމީހުންގެ ތެރެއިން މިބޭސް ދިންމީހުންގެ 1/3 ފުރާނަ ސަލާމަތްވި، އޮކްސިޖަން ގުޅިމީހުންގެ 1/5 މީހުންގެ ފުރާނަ ސަލާމަތްވި އޮކްސިޖަން ދޭންނުޖެހޭ މީހުންނަށް ތަފާތެއްނެތް. ސުޓެރޮއިޑެއް، ވައިރަސް ނައްތާލާ ބޭހެއްނޫން، ވައިރަސް އާ ދެކޮޅަށް ދިފާޢީ ނިޒާމުގެ މަސައްކަތް ބޮޑުވެ، ޚުދު ތިމާގެ ހަށިގަޑަށް ގެއްލުންވާވަރަށް މި ނިޒާމުގެ މަސައްކަތް ދިޔަނުދީ މައިތިރި ކުރާ ބޭހެއްމީ، އެހެނިހެން ބަލިތަކުގައިވެސް ހަމަ މިބީދައިން ބޭނުންކުރޭ” ޑރ. ފައިސަލް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!