ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން %79.75 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ ހާމަކުރެއްވި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 79.75 ޕަސެންޓު މީހުން ރަނގަޅުވެފައިވާ ކަމަށެވެ.
މިއަދު 130 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ރާއްޖޭގައި ޕޮޒިޓިވްވި 2094 މީހުންގެ ތެރެއިން 1670 މީހުންމިވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލީގައި ފަރުވާދޭމީހުންގެ ޢަދަދުވަނީ 414 ދަށްވެފައެވެ.