ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 130 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 130 މީހަކު މިއަދު ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ.
މީގެ އިތުރުން މިއަދު ރާއްޖެއިން އިތުރު 29 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ 15 ބަންގްލަދޭޝްގެ މީހަކާއި، ނޭޕާލްގެ 9 މީހަކާއި، އިންޑިއާގެ ދެ މީހެއްގެ އިތުރުން، ދިވެއްސަކާއި، ފިލިޕީންސްގެ މީހެއްގެ އިތުރުން ވަކި ގައުމެއް އަދި މިހާތަނަށް އެނގިފައި ނުވާ މީހެއް ކަމަށެވެ.