ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 29 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި 29 މީހުންގެ ތެރޭގައި ހިމެނެނީ 15 ބަންގްލަދޭޝްގެ މީހަކާއި، ނޭޕާލްގެ 9 މީހަކާއި، އިންޑިއާގެ ދެ މީހެއްގެ އިތުރުން، ދިވެއްސަކާއި، ފިލިޕީންސްގެ މީހެއްގެ އިތުރުން ވަކި ގައުމެއް އަދި މިހާތަނަށް އެނގިފައި ނުވާ މީހެއް ކަމަށެވެ.
މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2094 އަށް އަރާފައެވެ.