ވެރިކަމަށް އާދެވުނީ ތިޔަ ބުނާ ވެންޓިލޭޓަރުގެ ހޮޅި އަނގަޔަށް ގުޅައިގެން: ނާދިރާ

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮން ބިލަތް) ދެއްކެވި ވާހަކަތަކަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ނައިބް ރައީސް އާމިނަތު ނާދިރާ ރައްދު ދެއްވައިފިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކަށް އެމްޑީޕީ އެކްޓިވިސްޓަކު ހަމަލާދިން ކަމަށް އެމަނިކުފާނު ވިދާޅުވުމާ ގުޅިގެން މަޖިލިހަށް ހުށަހެޅުނު ކުއްލި މައްސަލާގައި ވާހަކަދައްކަވަމުން ޙަލީމް ވިދާޅުވީ މިރާއްޖޭގައި ވެންޓިލޭޓަރުގައި އޮވެގެންވެސް ވެރިކަންކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އެކަމާއި ގުޅިގެން ބަޔާން ނެރުއްވި ކަމަށާއި އަމިއްލަ ޙާލުގައި ހިންގަވާފައި ނޫޅުއްވޭ ބޭފުޅުން ވެސް ބަޔާން ނެރުއްވި ކަމަށެވެ.

ހަލީމްގެ މިވާހަކަތަކަށް ރައްދު ދެމުން ނާދިރާ ވިދާޅުވީ މުސްކުޅި ސާރިދޯޅޭ ކީބަޔަކު ވެރިކަމަށް އިންތިހާބު ނުވެ އެމްޑީޕީއަށް ވެރިކަމަށް އާދެވުނީ ވެންޓިލޭޓަރުގެ ހޮޅި އަނގަޔަށް ގުޅައިގެން އޮވެ ކަމަށެވެ. އަދި އެދުވަހު ވެންޓިލޭޓަރުގެ ހޮޅި އަނގަޔަށް ގުޅަން ތިބީ ލޮލުން ބޮލުން އެދިގެން ކަމަށް ނާދިރާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!