މޯލްޑިވިއަންގެ އެއާބަސް ފްލައިޓް މާފަރަށް ޖައްސައިފި

މޯލްޑިވިއަންގެ ޗައިނާ އަށް ދަތުރު ކުރަން ބޭނުން ކުރާ މަތިންދާބޯޓެއް ކަމަށްވާ އޭ 321 ރަށްރަށުގައި ކަރަންޓީންވާން ޖެހޭ މީހުންނާއިއެކު ފުރަތަމަ ފަހަރަށް މާފަރު އެއާޕޯޓުގައި ޖައްސައިފި އެވެ.

އިންޓަނޭޝަލް އެއާޕޯޓެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ މާފަރު އެއާޕޯޓު ޖުލައި 1ން ފެށިގެން އިންޓަރނޭޝަލް އެއާޕޯޓަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

މޯލްޑިވިއަންއިން ބުނެފައި ވަނީ މާފަރު އެއާޕޯޓަށް އެއާބަސް ފްލައިޓުގައި ޖުމުލަ 380 މީހުން އުފުލާނެ ކަމަށެވެ. މިގޮތުން މިއަދު ކޮށްފައި ވަނީ އެބޯޓުގައި މާފަރަށް ކުރާ ފުރަތަމަ ދަތުރެވެ. މިދަތުރުގައި ވަނީ 200 މީހުން ގެންގޮސްފައެވެ.

ސަރުކާރުން މާފަރު އެއާޕޯޓުތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737ގެ ބޯޓުފަހަރުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!