ނިއުޒިލޭންޑުން ކޮވިޑް ނައްތާލާފައިވަނިކޮށް، އަނެއްކާވެސް ދެމީހަކު ޕޮސިޓިވް ވެއްޖެ

ނިއުޒީލެންޑުން ކޮވިޑް-19 ނައްތާލެވިފައި ވަނިކޮށް، އަނެއްކާވެސް އިތުރު ދެމީހަކު ޕޮސިޓިވް ވެއްޖެއެވެ.

ނިއުޒީލަންޑްގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދު އެގައުމުގެ ދެ އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާ މިއީ ފާއިތުވި 24 ދުވަހުގެ ތެރޭގައި އެގައުމުން ފެނުނު ކޮވިޑް-19 ގެ ދެ ހާލަތް ކަމުގައެވެ. އެއްއާއިލާއަކަށް ނިސްބަތްވާ މި ދެ އަންހެނުންނަކީ އިނގިރޭސިވިލާތަށް ކުރި ދަތުރަކަށްފަހު އޮސްޓްރޭލިޔާ މަގުން އެނބުރި ނިއުޒީލަންޑްއަށް އައި އެގައުމުގެ ދެމީހުންނެވެ.

ނިއުޒީލެންޑުން ކޮވިޑް-19 ވައިރަހުގެ އިތުރު ދެ ކޭސް ފެންމަތިވެފައި ވަނީ ،ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ނުވާތާ 24 ދުވަސް ވިފަހުން އެ ގައުމުން ކޮވިޑް-19 ޖެހުނު އެންމެން ބަލިން ރަނގަޅުވެ، އެ ބަލިން ރައްކާތެރިވުމުގެ ގޮތުން އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލިތާ ހަފްތާއެއްހާ ދުވަސް ވެފައި ވަނިކޮށެވެ.

ނިއުޒީލަންޑްގެ ސިއްހަތާބެހޭ މާހިރުން ވިދާޅުވީ ބޭރުން އަންނަ މީހުންގެ ފަރާތުން ކޮވިޑް-19 ގެ ކޭހެއް ފެނުމުން ހައިރާން ނުވާކަމުގައެވެ. އެފަދަ ހާލަތެއް ފެނިދާނެކަމަށް ބަލައި ނިއުޒިލޭންޑް އޮތީ އެ ހާލަތުގައި އަމަލުކުރާނެ ގޮތްތައް އެކަށައަޅައި އެކަމަށް ތައްޔާރުވެގެންކަން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ނިއުޒިލޭންޑުން ކޮވިޑް-19 އަށް 1154 މީހަކު ޕޮޒިޓިވްވި އެވެ. އަދި 22 މީހަކު އެގައުމުގައި ވަނީ އެ ބަލީގައި މަރުވެފަ އެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!