ޓީޖީއެސްޓީ ދިވެހި ރުފިޔާއިން ދެއްކޭ ގޮތަށް ހަމަޖައްސައިފި

ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޓީޖީއެސްޓީ ދިވެހި ރުފިޔާ އިން ދެއްކޭ ގޮތަށް ފިނޭންސް މިނިސްޓްރީ އިން ހަދައިފި އެވެ.

ފިނޭންސް މިނިސްޓްރީއިން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިކަމާ ގުޅިގެން އެ ފަރާތްތަކުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ދައްކަން ޖެހޭ ޓީޖީއެސްޓީ ދެއްކުމުގައި ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތީން މިއަހަރުގެ އޭޕްރިލްގެ ފުރަތަމަ ދުވަހުން ފެށިގެން ސެޕްޓެމްބަރުގެ 30ގެ ނިޔަލަށް ހިނގާ ޓެކްސް ނެގޭ މުދާތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދިވެހި ރުފިޔާ ދެއްކިދާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނެފައިވަނީ، މިގޮތަށް ޓީ.ޖީ.އެސް.ޓީ ދިވެހި ރުފިޔާއިން ދެއްކޭނީ، މީގެ ފަހުން މި ޓެކްސް ނެގޭ މުއްދަތުތަކަށް ޓީ.ޖީ.އެސް.ޓީގެ
ގޮތުގައި ދައްކާ ފައިސާ ކަމަށެވެ.

އެހެންކަމުން ކަނޑައަޅައިފައިވާ ސުންގަޑީގެ ނިޔަލަށް ޓެކްސް ދައްކާ ފަރާތްތަކުން މިރާއަށް ޓީޖީއެސްޓީ ދައްކަމުން ގެންދިއުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!