އައްޑޫގައި ބަޑިއާއެކު ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

އައްޑޫ ސިޓީގައި ފަސް ދުވަހުގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން އެމްއެންޑީއެފް އިން ނިންމައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ތަމްރީނުތައް އަންނަ މަހުގެ 19 އިން 23 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 18:00 އަށް ސ. ގަމުގެ ދެކުނުން ހަތް ނޯޓިކަލް މޭލު ބޭރުގައި ޚާއްސަ ތަމްރީނުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ތަމްރީނުތަކުގައި މެޝިން ގަން ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 5000 މީޓަރު ދުރުމިނަށް ބަޑި ޖެހުމަށްވެސް ވަނީ ނިންމާފައެވެ. އަދި މި ތަމްރީނުތަކުގައި ކަނޑުން ފެށިގެން 100 މީޓަރު އުސްމިނަށް ބަޑި ޖަހާނެކަމަށްވެސް އެމްއެޑީއެފުން ވިދާޅުވެއެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

– ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މެޝިން ގަން ފަޔަރިންގ
– ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 5000 މީޓަރ
– ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ
– ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
– ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ސ. ގަމުގެ ދެކުނުން 07 މޭލު ބޭރުގައި

ސ. ގަމުގެ ދެކުނުން އަދި ލ. ގަމުގެ އިރުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން ދަތުރު ފަތުރު ކުރުމަށް ޓްރާންސްޕޯޓް އޮތީރިޓީން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!