ޖަޢުފަރުގެ މައްޗަށް ދަޢުވާނުކުރުމަށް ޑރ.ވަޙީދު އެދިވަޑައިގެންފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކަށް މަގުމަތިން ފޮށި، އެމަނިކުފާނާއި އަނބިކަބަލުންނާ ހުތުރު ބަހުން މުޚާޠަބުކުރި އެމްޑީޕީ އެކްޓިވިސްޓު ޖަޢުފަރުގެ މައްޗަށް ދަޢުވާނުކުރުމަށް ކަމާ ބެހޭ އިދާރާތަކުގެ ކިބައިން ޖަޢުފަރު އެދިވަޑައިގެންފިއެވެ.

ރައީސް ވަހީދު މިއަދު ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގެ ސަބަބުންނާއި އަދި އެހެނިހެން ކަންކަމާއެކު ޖައުފަރަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެހެންކަމުން އޭނާއަށް އެއްވެސް ދައުވާއެއް ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އެދިވަޑައިގަންނަވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

އަދި އެމަނިކުފާނާއި ޖައުފަރުގެ އާއިލާއަށް ކުރިމަތިވަމުން އަންނަ ބިރު ދެއްކުމާއި ފުރައްސާރަތަކާއި އަދި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުން އެމަނިކުފާނާއި އެހެން މީހުންނާމެދު ނަފްރަތު އުފެއްދުމަށް ކުރަމުން އަންނަ ކަންތައްތައް ވަހީދު ވަނީ ކުށްވެރިކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!