ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.
މިއީ ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ދަށުން ފުރުވާލި ބަޔެކެވެ. މި މީހުން ފޮނުވާލާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
މިހާތަނަށް 2300 އެއްހައި ބަންގްލަދޭޝް މިހުން މޯލްޑިވިއަންގެ ފްލައިޓުގައި ވަނީ ގައުމަށް ގެންގޮސްފަ އެވެ.