އިދިކޮޅުން މުޒާހަރާއެއް ބޭއްވުމަށް ނިންމައިފި

އިދިކޮޅު ކޯލިޝަނުން އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި މުޒާހަރާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ މަޖިލިސް “ހޭލައްވާ” މުޒާހަރާގެ ނަމުގައެވެ.

އެގޮތުން ކޮވިޑް-19 އާއި ގުޅިގެން އެތައް ބަޔަކު ހާލުގައި ޖެހެމުންދާއިރު މަޖިލިސް އޮތީ ނިދާފައި ކަމަށް ވައަތު ފިޔައިގެ ސިޔާސީ ހަރަކާތެއް ގޮތަށް ސިފަ ކުރާ ނަވާނަވައި އިން ބުނެއެވެ.

މީގެއިތުރުން ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ބިލުގައި ފުލުހުންގެ ހުވައަށް ބަދަލުގެނެސް އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުން ފަހަތަށް ޖައްސައި އޭގެ ކުރިއަށް އިންސާނީ ޙައްޤުތައް ހުރުމަތްތެރިކޮށް ހިތުން ގެނައުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމުގައެވެ. 

ހަމައެހެންމެ، ޢަބްދުއްރަޙީމް ވިދާޅުވީ ފުލުހުންގެ މައި މަރުކަޒަށް ޝަހީދު ޙުސައިން އާދަމްގެ ނަންފުޅުން ނަން ދީފައިވާތީ އެކަމާ ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވެވަޑައިގަންނަވާ ކަމުގައެވެ. އަދި އެކަމާ ގުޅިގެން ފެންނަނީ ރައީސް ނަޝީދާއި އެމްޑީޕީއާއި ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާއާ އޮތް ގުޅުން ކަމުގައިވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!