މަނާ ގަޑީ ބޭރުގައި އުޅޭނަމަނަ ފިޔަވަޅު އަޅާނެ: ފުލުހުން

ކޮވިޑް-19އިން ރައްކާތެރިވުމަށް އިއުލާން ކޮށްފައިވާ ލޮކްޑައުނަށް ލުއި ދީފައިވާ ނަމަވެސް ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރުގަ އުޅޭ މީހުނާމެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސް އިން ބުނެފިއެވެ.

ފުލުހުން ބުނީ ޝަރުއީ އުޒުރަކާ ނުލާ މަނާކޮށްފައިވާ ގަޑިތަކުގައި ބޭރުގައި އުޅޭ ނަމަ ދިޔަވަޅު އަޅާނެ ކަމަށެވެ. ހުއްދަ އާއި ނުލައި ބޭރުގައި އުޅޭނަމަ ނަސޭހަތް ދިނުމާއި ޖޫރިމަނާކުރުން ނުވަތަ ހައްޔަރު ކުރުން ފަދަ ފިޔަވަޅުތައް އަޅައެވެ.

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުޔެއްދީ، އިއްޔެ ފަތިހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި ބޭރުގައި އުޅެވޭނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން މީގެ ކުރިން ބޭރަށް ނިކުތުމަށް ފުލުހުން މެދުވެރިކޮށް ހޯދަންޖެހޭ ހުއްދަ އާއި ނުލާ ކޮންމެ ދުވަހެއްގެ ފަތިހު 5ކުން ރޭގަނޑު 10 އަށް ބޭރުގައި އުޅެވޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!