ސަރުކާރުން ދޭ އެލަވަންސް ލިބެނީ ގައުމީ ފުޓްބޯޅަ ޓީމުގެ 23 ކުޅުންތެރިންނަށް ކަމަށް އެފްއޭއެމް އިން ބުނެފި

ސަރުކާރުން ދޭ އެލަވަންސް ލިބެނީ ގައުމީ ފުޓްބޯޅަ ޓީމުގެ 23 ކުޅުންތެރިންނަށް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ގައުމީ ޓީމުން ކޮންމެ މެޗަކަށްވެސް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް އެކުލަވާލާ ނަމަވެސް، އާންމުކޮށް ފަރިތަކުރުންތައް ކުރިއަށް ގެންދަނީ 30 ކުޅުންތެރިންނަށް ވުރެން ގިނަ ކުޅުންތެރިންގެ ސްކޮޑަކާއެކުއެވެ.

ކުރިއަށް އޮތް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި އަންނަ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ރާއްޖެއިން ކުޅޭ މެޗުތަކަށް ތައްޔާރުވާން މިހާރު ވަނީ 32 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނީ ސަރުކާރުން ދޭ އެލަވަންސް ލިބެނީ ގައުމީ ފުޓްބޯޅަ ޓީމުގެ 23 ކުޅުންތެރިންނަށް ކަމަށާއި، މި ކަހަލަ އުނދަގޫ ހާލަތެއްގައި ވީހާވެސް ގިނަ ކުޅުންތެރިންނަށް ފައިދާ ކުރާނެ ގޮތަކަށް ބަލަމުން އަންނަ ކަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ގައުމީ ސްކޮޑުގައި އާންމުކޮށް 30 ނޫނީ 35 ވަރަކަށް ކުޅުންތެރިން ތިބޭއިރު އެ ހުރިހާ ކުޅުންތެރިންނަށް ސަރުކާރުން ކަނޑައަޅާފައިވާ އެލަވަންސް ނުދެވޭނެ ކަމަށެވެ.

އަންހެން އަދި ފިރެހެން ކުޅުންތެރިން ތަފާތު ކުރުމެއް ނެތި ކޮންމެ މަހަކު 5،000 ރުފިޔާ ދެމުންދާއިރު، ގައުމީ ޓީމުތަކުގެ 328 ކުޅުންތެރިންނަށް ކޮންމެ މަހަކު 1.4 މިލިޔަން ރުފިޔާ އެލަވަންސްގެ ގޮތުގައި ދެމުންދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!