ލ. ގަން އަދި ސ. ގަމުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

ލ. ގަން އަދި ސ. ގަމުގައި މިމަހުގެ 23 ގައި އަސްކަރީ ޚާއްސަ ތަމްރީނެއް ކުރިއަށް ގެންދާތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަމެއް ދީގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސްކޮށްފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނެއްގައި 2020 ޖުލައި 19 އިން 23 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 18:00 އަށް ލ. ގަމުގެ އިރުން 07 ނޯޓިކަލް މޭލު ބޭރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

މީގެއިތުރުން މިއަސްކަރީ ތަމްރީން ސ. ގަމުގައިވެސް 19 ޖުލައިން ފެށިގެން 23 ޖުލައިގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. ސ. ގަމުގެ ދެކުނުން 07 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށް ގެންދާ މިޚާއްސަ ތަމްރީނުތަކުގައި ބަޑިޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!