ބްރޯޑްކޮމްއަށް ބަލައިގަންނަ ފީތައް ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެނެސްފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ބަލައިގަންނަ ފީތައް ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެނެސްފިއެވެ.

ބްރޯޑްކޮމްއިން ބުނީ ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ އާއި ރީބްރޯޑްކާސްޓިންގ އަދި ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ގެ ގޮތުގައި މި ކޮމިޝަނަށް ދައްކަންޖެހޭ ފީތައް ބަލައިގަތުމަށް ކޮންމެ އަހަރަކު ވެސް ހަމަޖައްސާފައިވާ އެންމެފަހުގެ ތާރީޚަކީ އެ އަހަރެއްގެ މާރިޗު މަހުގެ 31 ވަނަ ދުވަސް ކަމަށެވެ.

ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަން ޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ފީ ޖޫރިމަނާއަކާނުލައި ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީޚަކީ 30 ޖޫން 2020 ކަމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން، ބްރޯޑްކާސްޓަރުންނަށް މާލީގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށް ބްރޯޑްކޮމްއިން ބުނީ ބައެއް ބްރޯޑްކާސްޓަރުން ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދެމުންދާ ކަމަށެވެ.

އެގޮތުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަންޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށާއި، ފީތައް ޖޫރިމަނާއަކާނުލައި 31 އޮގަސްޓް 2020ގެ ނިޔަލަށް ދެއްކޭނެ ކަމަށް ބްރޯޑްކޮމްއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!