ޙިންނަވަރުގައި ތަރައްގީކުރާ ފުޓުބޯޅަ ދަނޑު ހެދުމަށް އެހެންބަޔަކާއި ހަވާލުކޮށްފި

ޅ.ހިންނަވަރުގައި އެޅުމަށް ހަމަޖެހިފައިވާ ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރުމަށް އެހެން ބަޔަކާއި ހަވާލު ކޮށްފިއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މި ދަނޑުގެ ސަބް ބޭސްގެ މަސައްކަތްތަށް ކުރުމަށް ޔޫތް މިނިސްޓްރީގެ ފަރާތުން ހަވާލްކޮށްފައި ވަނީ އައިޑެޓިން ޕްރައިވެޓް ލިމިޓެޑް އާއިއެވެ.

45 ދުވަހުގެ ތެރޭގައި ނިންމުމަށް ދީފައިވާ ސަބް ބޭސްގެ މަސައްކަތުގެ އަގަކީ 2 މިލިއަން ތިންލައްކަ ސައުވިސް ހާސް ސާޅިސް ފަސް ރުފިޔާކަމަށް ޔޫތް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ހިންނަވަރު ދަނޑުގެ މަސައްކަތްތަށް ބަޔަކާއި ހަވާލު ކުރިކަން އެންގުމުގެ ގޮތުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފު ކުރި ޓްވީޓް އެއްގައި ވިދާޅުވެފައި ވަނީ މި މަސައްކަތް ހަވާލުކުރި ފުރަތަމަ ކުންފުންޏަށް މި މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާތީ އެ ކުންފުންޏާއި އެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރުމަށްފަހު އެހެން ކުންފުންޏަކާއި މި މަސައްކަތް ހަވާލު ކުރެވިފައި ވާކަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިިމެނޭ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފުޓްބޯޅަ ދަނޑުތައް އެޅުމުގެ ބޮޑު މަޝްރޫއުގެ ތެރެއިން މިހާރުވެސް 39 ދަނޑެއްގެ އަމަލީ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް ޔޫތް މިނިސްޓްރީ އިން ވަނީ ހާމަކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!