ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މިއަހަރުގެ ދެވަނަ ޓާމުގެ ކޯސްތައް އިއުލާން ކޮށްފިއެވެ.
އެމްއެންޔޫއިން ބުނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 25 ޖޫން 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 30 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
މިކޯސްތަކާ ބެހޭ މަޢުލޫމާތުcourses.mnu.edu.mv/އިން ލިބެން ހުންނާނެ ކަމަށާއި، ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށްmnu.edu.mv/apply/ގައިވާ ޕޯރޓަލް މެދުވެރިކޮށް ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އަދި އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ލިބޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.