ރޭޕްގެ ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަލުން އެދެނީ

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަލުން އެދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭގެ ގެސްޓްހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރީ ހއ.ބާރަށު އަނީސް ހިލްމީއެވެ. ފުލުހުން ވަނީ އަނީސްގެ ވަނަވަރާއި ފޮޓޯ އާންމުކޮށްފައެވެ. ކްރިމިނަލް ކޯޓުން އެމީހާގެ ބަންދަށް ޖަހާފައި ވަނީ ހަތް ދުވަހެވެ.

މި މައްސަލައިގައި ފުލުހުންގެ އެދުމުގެ މަތިން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފުރަތަމަ އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓާށެވެ. އެކަމަކު، ޕީޖީން އެދުނު ގޮތަށް ކްރިމިނަލް ކޯޓުން އަމަލުކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުމާ ގުޅިގެން އާންމުންގެ ފާޑު ކިޔުން ވަނީ ކްރިމިނަލް ކޯޓަށް އަމާޒުވެފައެވެ.

ލުހުން ބުނީ ޝަރީއަތް ނިމެންދެން އަނީސް ބަންދުކުރަން ދެން އޮންނަ މުއްދަތު މަޖިލީހެއްގައި ފުލުހުން އަލުން އެދޭނެ ކަމަށެވެ. އެގޮތަށް ވަކާލާތު ކޮށްދޭން ޕޮރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެދިވަޑައިގެންފައިވާ ކަން ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ފާހަގަކުރެއްވި އެވެ.

ފުލުހުން ބުނިގޮތުގައި ތަހުގީގުގައި ބެލިބެލުމުން، އެ ކުއްޖާ ރޭޕްކުރީ ގްރޫމްކޮށްގެން ކަން ވަނީ އެނގިފަ އެވެ.

ގްރޫމްކު ރުމަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން ފައިސާ އާއި އެ ނޫން ވެސް މާއްދީ އެއްޗެއް އެ ކުއްޖާގެ ބެލެނިވެރިން ނުވަތަ ބަލަން ހަވާލުވެފައިވާ ބަޔަކަށް ދީ، އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކޮށްފި މީހެއްގެ އަދަދަކީ 10 އަހަރަށް ޖަލަށް ލުން ކަން ވެސް މި ކޭސްއާ ގުޅިގެން އާއްމުކުރި ހޭލުންތެރި ކުރުވުމުގެ މައުލޫމާތުތަކުގައި ގާނޫނުތަކާ ހަވާލާދީ ފުލުހުން ހަނދާން ކޮށްދީފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!